ޅ. ހިންނަވަރާއި ތ. ތިމަރަފުށިން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވެއްޖެއެވެ. ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި ބަޔަކެވެ. 

އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި ހިންނަވަރުން ޕޮޒިޓިވްވެފައިވަނީ  78 އަހަރުގެ އަންހެނަކާއި 10 އަހަރުގެ ކުޑަ ކުއްޖެކެވެ. ތިމަރަފުށީން ޕޮޒިޓިވްވެފައިވަނީ 38 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. 

މި ތިން މީހުން ވެސް ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަވެ، ނެގި ސާމްޕަލުންނެވެ. 

ހޯމް ކަރަންޓީނުގައި ތިބި މީހުން އެކި ރަށްރަށުން ވަނީ މިފަހުން ޕޮޒިޓިވްވެފައެވެ. އެޗްޕީއޭއިން މިހާރު ވަނީ ހޯމް ކަރަންޓީނަށް ދިޔުމުގެ އުސޫލު ވެސް ހަރުކަށިކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.