މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކަށް ސެނެޓަރ ޖޯ ބައިޑެން ހޮވިއްޖެއެވެ. 

ވާރޗުލްކޮށް ކުރިޔަށް ގެންދިޔަ ޑިމޮކްރަޓިކް ޕާޓީގެ ކޮންވެންޝަންގައި ކުރީގެ ރައީސުން ކަމަށްވާ ބިލް ކްލިންޓަން އަދި ޖިމީ ކާޓަރ ވަނީ ބައިޑެން އެންޑޯސްކުރައްވާފައެވެ. އޭނާއަށް ޕާޓީގެ ޓިކެޓް ކަށަވަރުވީ 50 ސްޓޭޓްގެ ޑެލިގޭޓުންގެ މެދުގައި ބޭއްވުން ރޯލް ކޯލް ވޯޓެއް ކާމިޔާބު ކުރައްވައިގެންނެވެ. 

ބަރަކް އޮބާމާ ރައީސްކަން ކުރެއްވި ދެ ދައުރުގައި ވެސް ބައިޑެން ހުންނެވީ ނައިބް ރައީސްގެ މަގާމްގައެވެ. މިއީ އެމެރިކާގެ ރައީސްގެ މަގާމަށް ބައިޑެން ވާދަކުރައްވާ ތިންވަނަ ފަހަރެވެ. އޭނާ ވަނީ 1988 ވަނަ އަހަރާއި 2008 ވަނަ އަހަރު ނާކާމިޔާބު ކެމްޕޭންތަކެއް ކުރިޔަށް ގެންދަވާފައެވެ. 

ޑިމޮކްރަޓިކް ޕާޓީގެ ޓިކެޓް ބައިޑެންއަށް ލިބުމާއެކު ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ. 

ބައިޑެންގެ ނައިބް ރައީސްއަކަށް އޭނާ ކަނޑައަޅާފައިވަނީ ސެނެޓުގައި ކެލިފޯރނިއާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ކަމާލާ ހެރިސްއެވެ. 

ހިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާތަކުން ދައްކާ ގޮތުގައ ރައީސް ޑޮނަލްޑް ޓްރަމްޕަށްވުރެ އުމުރުން 77 އަހަރުގެ ބައިޑެން އުޅުއްވަނީ ކުރީގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *