ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ގދ. ތިނަދޫގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ސައިކަލުގައި ރޯކޮށްލާފައި ވަނީ ފުލުސް މީހާ ދިރިއުޅެމުންދާ ގެ ކައިރީ ޕާކިން ޒޯނެއްގައި ޕާކްކޮށްފައި ހުއްޓާ ރަށުގެ ހުޅަނގު ފަރާތު އަތިރި މައްޗަށް ގެންގޮސްގެން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވިގެން މިއަދުގެ ވަގުތެއްގައި 22 އަހަރާއި 18 އަހަރުގެ މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުސް މީހާގެ ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފަ އެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *