ވ. ތިނަދޫއިން ދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. 

އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 36 އަހަރުގެ އަންހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީ ވެސް ހޯމް ކަރަންޓީނުގައި ތިބި ދެ މީހުންނެވެ. 

މިއީ ވ. ތިނަދޫއިން ކޮވިޑް ކޭސްއެއް ފެނުނު ފުރަތަމަ ފަހަރެވެ. 

ނަމަވެސް ކޮވިޑްގެ އަލާމާތްތައް ހުރި ޓޫރިސްޓެއް ފެނިގެން މީގެކުރިން ތިނަދޫ ކަރަންޓީނުކުރި އެވެ. މީހުން ދިރިއުޅޭ ރަށަކަށް ރާއްޖޭގައި އެންމެ ފުރަތަމަ ކަރަންޓީނު ކުރި ރަށަކީ ވ. ތިނަދޫއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.