ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް 49 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ. 

އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް ކައުންސިލަށް ވާދަ ކުރާ އެމްޑީޕީގެ 10 ކެންޑިޑޭޓަކާއި ޕީޕީއެމްގެ ހަތަރު ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ ދެ ކެންޑިޑޭޓަކާއި އަމިއްލަ 17 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވެއެވެ. 

އަންހެނުންގެ ކޮމިޓީއަށް ވާދަކުރާ އެމްޑީޕީގެ 11 ކެންޑިޑޭޓަކާއި ޕީޕީއެމްގެ ދެ ކެންޑިޑޭޓަކާއި އަމިއްލަ ތިން ކެންޑިޑޭޓަކު ވެސް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. 

މިހާރު ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 2401 ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ 865 ކެންޑިޑޭޓުންނާއި ޕީޕީއެމްގެ 675 ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ 125 ކެންޑިޑޭޓުންނާއި އަދާލަތު ޕާޓީގެ 29 ކެންޑިޑޭޓުންނާއި އެމްޑީއޭގެ 22 ކެންޑިޑޭޓުންނާއި އެމްއާރްއެމްގެ 16 ކެންޑިޑޭޓުންނާއި އެމްއެލްއެސްޑީޕީގެ ހަތަރު ކެންޑިޑޭޓުންނާއި ޑީއާރްޕީގެ އެއް ކެންޑިޑޭޓަކާއި އަމިއްލަ 664 ކެންޑިޑޭޓުންނެވެ. 

އަންހެނުންގެ ކޮމިޓީއަށް ވާދަ ކުރާ ކެންޑިޑޭޓުންގެ ޖުމްލަ އަދަދަކީ 1793 އެވެ. އޭގެ ތެރެއިން އެންމެ ގިނައީ އެމްޑީޕީ ކެންޑިޑޭޓުންނެވެ. އެއީ 707 ކެންޑިޑޭޓުންނެވެ. ޕީޕީއެމްގެ 513 ކެންޑިޑޭޓުން ވާދަކުރެއެވެ. 

މި އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލުކުރީ މި އަހަރުގެ އޭޕްރީލް މަހަށެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން އިންތިހާބު ވަނީ ފަސްކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *