ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ "ދެ ރަނދުން" ފޮތް މިއަދު ބުކްޝޮޕްތަކުން ވިއްކަން ފަށައިފިއެވެ. ފޮތް ވިއްކަން ފެށުމާއެކު ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ. 

ތާރީހީ ގިނަ މައުލޫމާތުތަކާއެކު ރައީސް ނަޝީދު ލިޔުއްވާފައި ފޮތް މިއަދު އެމަނިކުފާނުގެ ސޮއިފުޅާއެކު ވެސް ލިބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މި ފޮތުގެ އަގަކީ 200 ރުފިޔާއެވެ. 

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި 11:30 ގައި ނޮވެލްޓީ ބުކްޝޮޕް، 2:00 މިލިއަން ބުކްޝޮޕް، 2:45 ގައި އަޝްރަފީ ބުކްޝޮޕް، 3:30 ގައި ޗާންދަލިޔާ ބުކްޝޮޕް، 4:00 ގައި ރާދާ ބުކްޝޮޕް އަދި 9:00 ގައި ސިޓްރޯންއިން އެމަނިކުފާނުގެ ސޮޔާއެކު ފޮތް ލިބެން ހުންނާނެއެވެ.   

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.