ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރުތައް ދިން މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ރައްޔިތުންގެ މަޖިލީހަށް ހަގީގަތާ ހިލާފު މައުލޫމާތު ދެއްވި މައްސަލަ ބަލަން ނިންމައިފިއެވެ. 

ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރުތައް ދިނުމަށް ނިންމި ނިންމުމުގައި ބޮޑެތި ގޯސްތަކެއް ހުރިކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެކަމުގެ ތަހުގީގު މިހާރު އޭސީސީއިން ކުރަމުންދާއިރު އަމީން ވަނީ އަމިއްލައަށް މަސައްކަތުން އެކަހެރިވެވަޑައިގެންފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ އަމީން މަޖިލީހުގައި ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާއި އޮޑިޓް ރިޕޯޓްގައިވާ ވާހަކަތަކާއި އޮޑިޓަރު ޖެނަރަލް މަޖިލީހުގައި ދެއްކެވި ވާހަކަތަކާ ފުށުއަރާ ކަމަށެވެ. އެހެންކަމުން އެއީ އަމީން، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އެ މައްސަލަ އިމްތިޔާޒު ކޮމިޓީއިން ބެލުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. 

އަމީން މަޖިލީހުގައި ވިދާޅުވެފައިވަނީ ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީ ކުންފުންޏާ ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ރާއްޖޭގެ ކަންޓްރީ ރެޕްރެޒެންްޓެޓިވް ޑރ. އަރްވިންދު، ޔޫއޭއީގެ ކައުންޓްރީ ރެޕްރެޒެންޓެޓިވްއާ ވާހަކަަ ދައްކަވައިގެން އަގު ބައްލަވާފައި ކަމަށެވެ. 

ނަމަވެސް އޮޑިޓް ރިޕޯޓްގައި ޑަބްލިއުއެޗްއޯއާ ހަވާލާދީ ބުނެފައިވަނީ ދުބާއީ ކުންފުންޏާ ގުޅޭ ގޮތުން ހްލްތު މިނިސްޓްރީއަށް ޑަބްލިއުއެޗްއޯއިން މައުލޫމާތު ދީފައިނުވާނެ ކަމަށާއި އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ވިޔަފާރީގެ މުއާމަލާތެއް ވެސް ހިންގާފައިވާ ކުންފުންޏެއް ނޫން ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *