ކޮވިޑް-19 އާ ގުޅިގެން އެމްއެންޑީއެފް އިން ހަރަދުކޮށްފައި ވަނީ ރަނގަޅަށް ކަމަށް އެކަމާ ގުޅޭ ގޮތުން ހެދި އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އޮޑިޓާ ޖެނަރަލް އޮފީހުން ނެރުނު އެމްއެންޑީއެފްގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އެ މުއައްސަސާއިން ހަރަދު ކުރަން ކަނޑައަޅާފައި ވަނީ 17 މިލިއަން ރުފިޔާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ހަރަދުކޮށްފައި ވަނީ 5.2 މިލިއަން ރުފިޔާ ކަމަށާއި ބާކީ 11.8 މިލިއަން ރުފިޔާ ހުރި ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

"...މިއީ މައިގަނޑުގޮތެއްގައި ދައުލަތުގެ މާ ލިއްޔަތުގެ ގާނޫނާއި، ދައުލަތުގެ
މާލިއްޔަތުގެ ގަވާއިދާއި، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް
މި އޮފީހުން ދެކެން،" އޮޑިޓް ރިޕޯޓު ނިންމާލަމުން ބުނެފައިވެ އެވެ.

އޮޑިޓާ ޖެނަރަލް އޮފީހުން އެންމެ ފަހުން ނެރެފައިވާ ހެލަތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވަނީ ގިނަ މައްސަލަތަކެއް ފާހަގަވެފަ އެވެ. އެގޮތުން ވެންޓިލޭޓަރުތައް ގަތުމަށް ގޯސްތަކެއް ހަދާފައިވާ ކަން ވަނީ އެ އޮޑިޓުން ހާމަވެފަ އެވެ. އެ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.