ޑީއާރްޕީ އިން އިދިކޮޅު ޕާޓީތައް ކަމަށްވާ ޕީޕީއެމް އަދި ޕީއެންސީއާ މަޝްވަރާ ކުރަން ނިންމައިފި އެވެ.

ޑީއާރްޕީގެ ލީޑާރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސޮއި ކުރައްވާ އިދިކޮޅު ކޯލިޝަނަށް މިއަދު ފޮނުއްވާފައިވާ ސިޓީގައި ބުނެފައި ވަނީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުމަށް މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ. 

އެހެންކަމުން ވީހާވެސް އަވަހަށް ބައްދަލުވުމެއް ހަމަޖައްސައި ދެއްވުމަށް ޑީއާރްޕީން ވަނީ އެދިފަ އެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތާ މެދު ޖާބިރު އިއްޔެ ވެސް ވަނީ ރައްޔިތުން މަޖިލީހުގައި ކަންބޮޑުވުން ފާޅު ކުރައްވާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.