ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 24 ވަނަ މީހާއެވެ. 

އެޗްޕީއޭއިން ބުނި ގޮތުގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 41 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހެނދުނު ވަނީ މަރުވެފައެވެ. 

އިއްޔެ ވެސް 64 އަހަރުގެ އަންހެނަކު ކޮވިޑް-19 ބަލީގައި މަރުވެފައިވެއެވެ. ގިނައިން ދިވެހިންގެ ތެރެއިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ. 

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު އަދިވެސް މަދެއް ނުވެއެވެ. ބައެއް ފިޔަވަޅުތައް ވެސް އަނެއްކާވެސް ވަނީ ހަރުކަށިކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.