ހެލްތު މިނިސްޓްރީގެ ހިންގަން ވަގުތީ ގޮތުން ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ހަވާލު ކުރައްވައިފި އެވެ. 

ވެންޓިލޭޓަރުގެ މައްސަލާގައި ނެރުނު އޮޑިޓް ރިޕޯޓާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެކަހެރިވެވަޑައިގެންފަ އެވެ. އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ވަގުތީ ގޮތުން އެ ވުޒާރާ ހިންގަން އަސްލަމްއާ ހަވާލުކޮށްފަ އެވެ. މިކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

ހެލްތު މިނިސްޓްރީއިން ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލަ ބެލުމަށްފަހު ނެރުނު އޮޑިޓް ރިޕޯޓްގައި އެކަމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް ގިނަ ކަންތައްތަކެއްކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. 

އެ ވެންޓިލޭޓަރުތައް ދުބާއީގެ ކުންފުންޏާ ހަވާލު ކުރުމަށް ބޮޑެތި އޮޅުވާލުމާއި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ވެސް އެ އޮޑިޓުން ވަނީ ހާމަވެފަ އެވެ. 

އެ މައްސަލާގައި ރައީސް ސޯލިހު ވަނީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ބޭފުޅުންނާއި ވެންޓިލޭޓަރު އެއްބަސްވުމުގައި ސޮއި ކުރެއްވި ވެރިން ވެސް ސަސްޕެންޑް ކުރައްވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.