ރައްޔިތުން މަޖިލީހުގެ ދެ މެންބަރަކާއި އަމީންއާމު ފާތިމަތު ނިއުޝާ އައިސޮލޭޓް ކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދެ މެންބަރަކާއި އަމީންއާމު އައިސޮލޭޓްކޮށްފައިވާ ކަމަށެވެ. އައިސޮލޭޓް ކުރި މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އަދި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އެވެ.

ލޮކްޑައުންގެ ތެރޭގައި ވެސް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔަ އިރު މީގެ ކުރިން ވެސް ބައެއް މެންބަރުންނާއި މަޖިލީހުގެ ސްޓާފުން އެކަހެރިކޮށްފައިވެ އެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާތައް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.