އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން މަގާމުގެ ބޭނުން ނާޖައިޒު ގޮތުގައި ހިފާފައިވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ. 

އެ މައްސަލަ ހުށަހެޅީ ވިލިމާލޭގައި ހުންނަ އެމްއެންޑީއެފްގެ ވީއައިޕީ ފެސިލިޓީގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު ދިރިއުޅުއްވުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އޭސީސީއިން ނިންމާފައިވާތީއެވެ. 

އެ މައްސަލާގައި އޭސީސީއިން ތަހުގީގު ކުރުމަށްފަހު ބުނެފައިވަނީ ޝާކިރު އެ ތަނުގައި ދިރިއުޅުމަކީ ޝިޔާމް ނާޖައިޒު މަންފާއެއް ހޯދުމަށް ކޮށްފައިވާ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. 

އެ ނިންމުމާ ހިތްހަމަނުޖެހި އަމިއްލަ ފަރާތަކުން ފުލުހަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އޭސީސީއިން އެގޮތަށް ނިންމާފައިވަނީ ޝިޔާމަށް ނާޖާއިޒު މަންފާ ހޯދައިދޭން ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލައިދިނުމަށް ވަނީ އެދިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.