ދ. އަތޮޅުގެ މީދޫ އާއި ކުޑަހުވަދޫގެ މޮނީޓަރިންގެ ހާލަތު އުވާލައިފިއެވެ.
އެޗްޕީއޭ އިން ބުނީ އެ ރަށްތަކުގެ މޮނީޓަރިންގެ ހާލަތު އުވާލީ ނެގުނު ރެންޑަމް ސާމްޕަލްތައް ކޮވިޑް-19 އަށް ނެގެޓިވްވެފައިވާތީ ކަމަށެވެ. އެ ރަށް އާއްމު ހާލަތަށް ގެނައި ނަމަވެސް، ރެންޑަމް ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށްދާނެއެވެ.
ކުޑަހުވަދޫ މޮނީޓަރިން އަށް ލީ އެ ރަށުން ކޮވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. މީދޫ މޮނީޓަރިންއަށް ލީ ކުޑަހުވަދޫ އިން ފެނުނު ކޭސްތަކަކާއި ގުޅިގެންނެވެ.