ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަސްވެފައިވާ މުދާތައް ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ.
އެމްޕީއެލް އިން ކުރި އިއުލާނެއްގައި ވަނީ ނީލަން ކިޔާ މުދާ ބެލުމުގެ ކަންކަން ކުރިއަށްދާނީ މި މަހުގެ 19 އިގެ 16:30 ގައި ކަމަށެވެ. އަދި މުދާ ބެލުމަށް ޓަކައި އެ ދުވަހުގެ 10:00 ގެ ކުރިން ނަން ނޯޓު ކުރަން ޖެހެއެވެ.
މުދާ ބަލަން ދާއިރު ބޫޓް، ވެސްޓް އަދި ހެލްމެޓް ހިފައިގެން އައުމަށް އެމްޕީއެލް އިން ވަނީ އެދިފައެވެ.
އެމްޕީއެލް އިން ބުނީ ނީލަން ކިއުން އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށާއި މި ނީލަމުގައި ބައިވެރިވެވޭނީ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ނީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް އެޑްވާންސް ޕޭމަންޓް ދައްކާ ފަރާތްތަކަށް އެކަނި ކަމަށެވެ.
ނީލަން ކިޔުން އޮންނާނީ އެމްޕީއެލް ހެޑް އޮފީހުގެ ބަނދަރު މާލަމުގައެވެ.