މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން (އެމްޕީއެލް) އިން މޭޖަރ އިމްޕޯޓަރުންނާއި ބައްދަލުކޮށްފިއެވެ.
20 އަށް ވުރެ ގިނަ މޭޖަރ އިމްޕޯޓަރުންނާއި އެކު މި ފަދަ ބައްދަލުވުމެއް އެ ކުންފުނިން ބޭއްވީ އެފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ، ޚިދުމަތް ހޯދުމަށް ދިމާވާ މައްސަލަތައް ދެނެގަތުމަށްޓަކައެވެ.
We are hosting an online session today, with major importers to discuss port operations during the holy month of Ramadan. We aim to strengthen our relationship with major clients and address key issues and concerns in using the Port's services.
— Maldives Ports Limited (@Portmv) April 7, 2021
އެ ކުންފުނިން ވަނީ މި އަހަރުގެ ކުރީ ކޮޅުގައި ރާއްޖޭގެ ޝިޕިންގް އެޖެންޓުންނާއި ވެސް ބައްދަލުކޮށްފައެވެ. މިފަދަ ބައްދަލުވުންތަކުގައި ޕޯޓުގެ ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކުން ފާހަގަކުރާ ކަންކަން ބަލައިގަނެ އެ ކަންކަން ހައްލުކުރުމަށް އިސްކަން ދޭ ކަމަށް އެމްޕީއެލް އިން ބުންޏެވެ.
އެމްޕީއެލް އިން ބުނީ ރޯދަ މަހަކީ ވިޔަފާރި ބަނދަރަށް ބާރު ބޮޑު މަހަކަށް ވީ ނަމަވެސް، ވީހާވެސް އަވަހަށް މުދާ ކްލިއަރ ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.