ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާނު އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވާފައިމިވަނީ ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނިކޮށެވެ.

ފަނޑިޔާރު ސުޖާއު އިސްތިއުފާ ދެއްވައި ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ އިންސާފު ގާއިމް ކުރުމަށް ފުރުސަތެއް ނެތް ކަމަށެވެ. ބަޔާނުގައި ވެސް އޭނާ ވަނީ އޭނާއަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. 

އޭނާއަށް ކުރެވޭ ތުހުމަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގައި ބައިވެރިވި ކަމުގެ ތުހުމަތެވެ. 

ފަނޑިޔާރު ސުޖާއު ވަނީ ޖޭއެސްސީގެ މެންބަރުންނަށް ވެސް ފާޑުވިދާޅުވެފައެވެ. ޖޭއެސްސީއިން މައްސަލަ ބަލަންވާނީ އިންސާފުވެރިކަމާއެކު ނުފޫޒެއް ނެތި ކަމަށް ވަނީ ވިދާޅުވެފައެވެ. 

ސުޖާއު އުސްމާނަށް ކުރެވޭ ތުހުމަތުތަކާއެކު އޭނާ ހުންނެވީ ވެސް ސަސްޕެންޑްކޮށްފައެވެ. ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ސުޖާއު ވަޑައިގެންނެވީ ވެސް ކުއްލި ގޮތަކަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *