ކޮވިޑް ހާލަތުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް ކުރިންވެސް ވަނީ އާންމުކޮށްފައި -- ފޮޓޯ: މިހާރު

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ގެ ނިންމުންތައް ބެލުމުގެ އިހުތިސާސް ހައި ކޯޓުގައި ނެތް ކަމަށް އެ ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

ހައި ކޯޓުގެ އެ ހުކުމް، ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމީ އާއްމު މަސްލަހަތަށް ބަލާ، ޤާނޫނުއަސާސީގެ 56، 133 ގެ (ރ) އަދި (ބ) އަށް ރިޢާޔަތްކުރުމަށް ފަހު އެވެ. މިގޮތަށް ނިންމީ ގާނޫނުއަސާސީން ލިބިދޭ އިސްތިއުނާފުކުރުމުގެ ހައްގު ގެއްލޭ ގޮތަށް ހައިކޯޓުން ހުކުމް ކޮށްފައިވާތީއެވެ.

އައިކޮމްގެ ނިންމުންތައް ބެލޭނެ އިހުތިސާސެއް ނެތް ކަމަށް ހައިކޯޓުން ކަނޑައެޅީ އެމްޑަބްލިޔުއެސްސީން ހުށައެޅި މައްސަލައަކާއި ގުޅިގެންނެވެ.

އެމްޑަބްލިއުއެސްސީން ހައި ކޯޓަށް ހުށައެޅި މައްސަލައަކީ އެ ކުންފުނީގެ މުވައްޒަފެއް ވަކިކުރި މައްސަލައިގައި ހަވާލާދީފައިވާ އޮޑިޓް ރިޕޯޓު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހަށް އެ މުވައްޒަފު ހުށައެޅުމުން ،އެ ކޮމިޝަނުން އެ ރިޕޯޓާއި ގުޅޭ މައުލޫމާތު ދޫކުރުމަށް އެންގުމާއި ގުޅޭ މައްސަލައެކެވެ. އެ މައްސަލަ އެމްޑަބްލިއުއެސްސީން ހައިކޯޓަށް ވެއްދީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައިކޮމްގެ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ އެ މައްސަލައެއް ނިންމާތާ 30 ދުވަހުގެ ތެރޭގައި ހައި ކޯޓުގައި އިސްތިއުނާފުކުރެވޭނެ އެވެ.

އެހެންނަމަވެސް ހައި ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ އެ މައްސަލަ އިސްތިއުނާފުން ބެލުމުގެ އިހުތިސާސް ގާނޫނުން ހައި ކޯޓަށް ލިބިދީފައިނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައަކީ ހައި ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.

އިސްތިއުނާފް ބިނާވާ ހުކުމް ބިނާވާ ނުކުތާތަކާއި ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ބުނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައިވާ ގޮތުން އައިކޮމްގެ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ އިސްތިއުނާފީ ކޯޓެއްގައި އެ ނިންމުން ތަޢުނުކުރުމުގެ ފުރުޞަތު ލިބިދޭ ކަމަށާއި ހައި ކޯޓުގެ ގަޒިއްޔާއިން އެ މާއްދާ މާނަ ކޮށްފައިވަނީ އެ ފުރުޞަތު ބަންދުވާގޮތަށްކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.