ގދ. ތިނަދޫއާއި ޅ. ހިންނަވަރުގެ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކުރުން -- ފޮޓޯ: އާރުޑީސީ

ގދ. ތިނަދޫއާއި ޅ. ހިންނަވަރުގެ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދުއެވެ. އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކެވެ.

ހިންނަވަރުގެ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 122,048.704.17 ރުފިޔާ އަށް 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން 7.1 ކިލޯމީޓަރުގެ މަގުގައި ތާރުއެޅޭނެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކޮށް، މަގުތަކުގައި މަގުބައްތި ވެސް ޖެހޭނެއެވެ.

ތިނަދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ހަވާލުކުރީ 78،800،871.14 ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ ދަށުން 6.5 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ، މަގުތަކުގައި މަގުބައްތި ޖެހޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.