އެސްޓީއޯ އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް އަތޮޅުތެރޭގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުންނަށް ވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ކާޑު އެޖެންޓުން ތައާރަފްކުރީ 2019 ވަނަ އަހަރެވެ. އެ ކުންފުނިން ބުނީ ކާޑުގެ އަގު ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެއް އަގެއްގައި ހިފެހެއްޓިފައިވާއިރު ކާޑު އެޖެޓުންނަށްވެސް އެކަށީގެންވާ ފައިދާއެއް ލިބެމުން އަންނަ ކަމަށެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޖެންޓުން ނެގުމަށް މިވަގުތު ނިންމާފައިވަނީ ށ، ނ، ރ، ޅ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައި ކަމަށެވެ.

އެގޮތުން ކޮންމެ އަތޮޅަކުން ދެ އޭޖެންޓުން ނަގާއިރު އޭޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ޤާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރި ތައް އެކަނި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި އެޖެންޓު ކަމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް ބީލަން ހުށަހެޅޭނީ ގިނަވެގެން ދެ އަތޮޅަށް ކަމަށެވެ.

ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑި އަކީ، 2021 އޭޕްރިލް 25 ވަނަ ދުވަހުގެ 1400 އެވެ.

އެޖެންޓުންގެ މަސައްކަތަކަށްވާނީ އެސް.ޓީ.އޯ އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް ކަނޑައެޅިފައިވާ އަތޮޅުތަކުގައި ވިއްކުމުގެ ހިދުމަތް ދިނުމެވެ. މިގޮތުން ވިއްކުމަށް ހަމަޖެހިފައިވަނީ ސިމެންތި ،ހިލަ، ހިލަހިލަވެލި، ދަގަނޑު، ޕުލައިވުޑް، ދަގަނޑު ހޮޅި، އަދި މީގެ އިތުރުން ޓިނު އަދި ޓިނާއި ބެހޭ ސާމާނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.