އިދިކޮޅު ޕީޕިއެމް/ޕީއެންސީ އިން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭނު ރީލޯންޗްކުރުން -- ފޮޓޯ: ޕީޕީއެމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ތާއީދުނުކުރާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

މާލޭގެ މޭޔަރުކަމަށް ތިން ކެނޑިޑޭޓަކު ވާދަކުރައްވަ އެވެ. އެއީ ޑރ. މުއިއްޒުގެ އިތުރުން، ސަރުކާރު ކޯލިޝަންގައި މައި ޕާޓީ، އެމްޑީޕީގެ އަނަސް އަބްދުއްސައްތާރާއި، އަމިއްލަ ކެނޑިޑޭޓް އަލްހާން ފަހުމީ އެވެ.

މުއިއްޒުގެ އެއްވެސް ޕޯސްޓަރެއްގައިވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ނަން ނުވަތަ ލޯގޯ ނުހުންނާނެކަން ފާހަގަކޮށް ޖޭޕީން ބުނީ އެ ޕާޓީން މަސައްކަތް ކުރާނީ ޖޭޕީގެ މެމްބަރުންނާއިއެކު އެކަނި ކަމަށެވެ. އަދި ޕާޓީން މުއިއްޒުއަށް ތާއީދުނުކުރާކަމަށް ބުންޏެވެ.

މިފަހަރުގެ އިންތިހާބުގައި މާ ބޮޑު ފޯރިއެއް ނެތަސް، ކިރިޔާވެސް ވާދަވެރި ކެންޑިޑޭޓުންގެ ގޮތުގައި ފާހަގަކުރެވެނީ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން މެދުގަ އެވެ. ޑރ މުއިއްޒުއާއި އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ އަނަސް އަބްދުއްސައްތާރާއި ދެމެދު ވާދަވެރިކަން ބޮޑެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.