ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގެ މައްސަލާގައި ހިމެނޭ ކޮރަޕްޝަންގެ ކަންކަމާ ގުޅިގެން މިހާތަނަށް ލިބިފައިވާ ހެކިތަކާއެކު ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)އާއެކު މި ހަފުތާ ތެރޭގައި މަސައްކަތް ފަށާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ. 

އޭސީސީއިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ޢަމަލުކޮށްފައިވާގޮތާ ގުޅޭގޮތުން ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލައަކީ، އެ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ތަޙުޤީޤުކުރަމުންދާ މައްސަލައެއް ކަމަށެވެ. 

އޭސީސީއިން ބުނީ ވެންޓިލޭޓަރު ހޯދުމުގައި ޢަމަލުކޮށްފައިވާ ގޮތާގުޅޭ މައްސަލާގައި ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކުގެ ކަންބޮޑުވުންތަކެއް ހުރުމުން، މި މައްސަލާގައި ކޮމިޝަނަށް އެހަތާނަށް ލިބިފައިވާ ލިޔެކިޔުންތަކާއި އަދި ތަޙުޤީޤަށް އަސަރުކޮށްފާނެ ފަދަ މަޢުލޫމާތު ނުހިމަނައި، މައްސަލާގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް ޚުލާޞާ ރިޕޯޓެއް އެކުލަވާލައި 21 މޭ 2020 ގައި ރިޕޯޓު އާންމުކޮށްފައިވާނެ ކަމަށެވެ. އޭރު އެމައްސަލާގައި ކޮމިޝަނުން ވަކިގޮތެއް ނިންމާފައިނުވާނެ ކަމަށެވެ. އަދި، އެ ރިޕޯޓަކީ، މައްސަލައިގެ ތަޙުޤީޤު ރިޕޯޓެއް ނޫންކަން ބަޔާންކޮށް، ކޮމިޝަނުން ރިޕޯޓު އާންމުކުރި އިރުގައިވެސް މައްސަލަ އިތުރަށް ތަޙުޤީޤު ކުރިއަށްދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށާއި އަދި، މައްސަލާގައި ކޮރަޕްޝަނުގެ ޢަމަލެއް އެކުލެވިގެން ނުވާކަމަށް ކޮމިޝަނުން ނިންމާފައެއް ނުވާނެ ކަމަށް އޭސީސީއިން ބުންޏެވެ.

އެ ރިޕޯޓު އާންމުކުރުމުގެ މައިގަނޑު އެއް މަޤުޞަދަކީ، މި މައްސަލައަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަމަކަށްވެފައި، އެ މައްސަލަ ކުރިއަށްނުދާކަމަށް ދޭހަވާގޮތަށް ވާހަކަދެކެވި އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އެމައްސަލައިގެ ތަޙުޤީޤުގެ މަސައްކަތް އެހާތަނަށް ގޮސްފައިވާ ހިސާބު އަންގައިދީ، ރައްޔިތުންނަށް ޖަވާބުދާރީވުން ކަމަށް އޭސީސީއިން ބުންޏެވެ. މި މައްސަލާގައި ކޮރަޕްޝަނުގެ ޢަމަލެއް ހިނގާފައިނެތްކަމަށް ކޮމިޝަނުން ނިންމާފައިވާކަން ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކީ ޙަޤީޤަތަކާ ޚިލާފު ވާހަކަތަކެއް ކަމަށް ބުންޏެވެ. 

މައްސަލަ އޭސީސީއިން ބަލަމުންދާއިރު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު މިއަދު ވަނީ އެ މައްސަލަ އޭސީސީ އާއި ފުލުހުން ގުޅިގެން ތަހުގީގު ކުރުމަށް އަންގަވާފައެވެ. އެކަމާ ގުޅިގެން މިނިސްޓަރު އަމީން ވަނީ މަސައްކަތުން އަމިއްލައަށް އެކަހެރިވެވަޑައިގެންފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *