ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެ ފަނޑިޔާރެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.

ޖޭއެސްސީން ބަލަނީ ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުޙައްމަދުގެ ސުލޫކީ މައްސަލައަކާއި ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ ސުލޫކީ މައްސަލައެކެވެ.

ޖޭއެސްސީން ބަލަމުންދާ ގާޒީ ޒުބައިރުގެ މައްސަލައަކީ ސިވިލް ކޯޓުގައި ކުރިއަށްދިޔަ ޙުކުމް ތަންފީޒުގެ މައްސަލައެއް އެއްވެސް ހަސްމަކު ހާޒިރުކުރުމަކާނުލައި ނިންމި މައްސަލައެކެވެ. އެ ކޮމިޝަނުން މި މައްސަލަ ބަލަން ނިންމީ އިއްޔެއެވެ.

ޒުބައިރު މުޙައްމަދަކީ މީގެކުރިން ޑްރަގް ކޯޓުގެ ގާޒީއެކެވެ. އެހެންނަމަވެސް 2015 ވަނަ އަހަރު، އޭނާ ސިވިލް ކޯޓަށް ބަދަލު ކުރަން ނިންމީ ގާޒީ އަލީ ރަޝީދު ހުސެއިން ޑްރަގް ކޯޓަށް ބަދަލުކުރުމާއި ގުޅިގެންނެވެ.

ޖޭއެސްސީން ބަލަމުންދާ ގާޒީ މުހައްމަދު ސަމީރުގެ މައްސަލައަކީ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި، އަމަލު ކުރައްވާފައިވާ ގޮތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލަ ބަލަން ވެސް ނިންމީ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.