މާލޭ ރައްޔިތުންނަށް ހާއްސަކޮށް 10،294 ހައުސިން ޔުނިޓާއި 1474 ބިން ދޫ ކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 

އަސްލަމް މިހެން ވިދާޅުވީ މާލޭ ރައްޔިތުންނަށް ހިންގާ ބޯހިޔާވެހިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ފަސް ސުވާލެއް ހުށަހެޅުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން ދެއްވި ޖަވާބުގަ އެވެ.

އެގޮތުން މި ސަރުކާރުން 10،294 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ތެރެއިން 4000 ހައުސިން ޔުނިޓާއި، ސީއެޗްސީ ހައި އެންޑްގެ 1155 ހައުސިން ޔުނިޓާއި، ޕްރިމިއަމް ވިލާގެ 78 ހައުސިން ޔުނިޓާއި ސައިނޯ ހައިޑްރޯއާ ގުޅިގެން މިހާރު ފަށާފައިވާ 1700 ހައުސިން ޔުނިޓުގެ މަޝްރޫއު ކަމަށް އަސްލަމް ވިދާޅުވި އެވެ. 

އޭގެ އިތުރުން އައިމިނާދީ ހައި އެންޑްގެ 100 ހައުސިން ޔުނިޓާއި، ޖޭވީއެމްއައިޕީއެންއާރުސީގެ 162 ހައުސިން ޔުނިޓާއި، އެޗްޑީސީ ކައުންސިލްގެ 2000 ހައުސިން ޔުނިޓުގެ މަޝްރޫއު ކުރިޔަށް ގެންދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި އެޗްޑީސީ ހައި އެންޑް 355 ހައުސިން ޔުނިޓާއި މިކްސްޑް ޔޫސް ރެސިޑެންޝިއަލްގެ 744 ހައުސިން ޔުނިޓުގެ މަަސައްކަތް ވެސް އަސްލަމް ފާހަގަ ކުރެއްވި އެވެ. 

އަސްލަމް ވިދާޅުވި ގޮތުގައި މީގެ ތެރެއިން އަންނަ އަހަރު ނިމޭނީ 100 ހައުސިން ޔުނިޓުގެ އެންމެ މަޝްރޫއެެކެވެ. އަދި 2022 ވަނަ އަހަރު ބޯހިޔާވެހިކަމާ ގުޅޭ އިތުރު  ދެ މަޝްރޫއެއް ނިމޭނެއިރު 2023 ވަނަ އަހަރު ހަތަރު މަޝްރޫއު ނިމޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އޭގެ އިތުރުން އެއް މަޝްރޫއެއް 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު ވެސް ނިމޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ހައުސިން މަޝްރޫއުތަކުގެ އިތުރުން މާލޭ މީހުންނަށް ގޯތީގެ ގޮތުގައި 1474 ބިން ދޫކުރަން ނިންމާފައިވާ ކަން ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ގުޅިފަޅުން 750 އަކަފޫޓުގެ 1200 ޕްލޮޓާއި، ހުޅުމާލެ ދެވަނަ ފިޔަވަހިން 1000 އަކަފޫޓުގެ 26 ޕްލޮޓާއި، ރޯހައުސްތަކަަށް ރޯ އިތުރު 1000 އަކަފޫޓުގެ 248 ޕްލޮޓް ވިއްކަން ހަމަޖެހިފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.