ކޮވިޑް ފެތުރުން ހުއްޓުވުުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިން ނަމަވެސް، އަދަދުތައް ދަށްނުވެ، ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު މިއަދުވެސް ހުރީ 3،000 އިން މަތީގައެވެ.
އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން ނިމުނު 24 ގަޑިއިރު ތެރޭގައި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 138 މީހެކެވެ.
- މާލެ ސަރަހައްދުން 84 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވޭ
- އަތޮޅުތެރެއިން 44 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވޭ
- ރިސޯޓުތަކުން 6 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވޭ
- އިންޑަސްޓްރިއަލް ރަށަކުން 4 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވޭ
އެޗްޕީއޭގެ މައުލޫމާތުތައް ދައްކާގޮތުން މިވަގުތު ބައްޔަށް ޕޮޒިޓިވްވެ ފަރުވާދެމުން އަންނަނީ 3،101 މީހަކަށެވެ. އޭގެތެރެއިން 88 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަސް އެޗްޕީއޭގެ މައުލޫމާތުތައް ދައްކަ އެވެ.
މިހާތަނަށް ރާއްޖެއިން ޖުމްލަ 25،191 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 22،014 މީހަކަށް ފަރުވާ ލިބި ބަލިން ފަސޭހަ ވެފައިވެ އެވެ.
ކޮވިޑްގެ ތިން ވަނަ ރާޅާއެކު އެޗްޕީއޭއިން މާލެ ސަރަހައްދުގެ ފިޔަވަޅުތައް އަހަރު ފެށުނުތަނާ ވަރުގަދަކުރި އެވެ. ނަމަވެސް މިހާރު ވަނީ އޭގެތެރެއިން ގިނަ ފިޔަވަޅުތަކަށް ލުއިތައް ދީފަ އެވެ. ލުއިތައް ދިންއިރު، މާލެ ސަރަހައްދުން ރިޕޯޓްކުރާ ކޭސްތައް ދަށަށްދާން ފަށާފައިވާކަމަށް އެޗްޕީއޭއިން ބުންޏެވެ