ދިވެހި ނޫސްވެރިންގެ ޖަމްއިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހަރަކާތްތައް އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ. އެކަމަށްޓަކައި ޖަމިއްޔާގެ ހިންގާ ކޮމިޓީގެ އިންތިހާބު އަންނަ މަހުގެ ފަސް ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. 

ޖަމިއްޔާގެ ހިންގުން ހުއްޓުނީ 2014 ވަނަ އަހަރު ނޫސްވެރިންގެ މެދުގައި ހިޔާލު ތަފާތުވެ ހިންގާ ކޮމިޓީ އިންތިހާބު ނުކުރެވިގެންނެވެ. އަލުން ހިންގާ ކޮމިޓީ އިންތިހާބު ކުރުމުގެ ހުއްދަ ޔޫތު މިނިސްޓްރީއިން ދީފައިވާއިރު އެކަމަށް އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮންލައިންކޮށް ބައްދަލުވުމެއް ބާއްވާނެ ކަމަށް ޖަމިއްޔާއިން ބުނެއެވެ. 

ޖަމިއްޔާއިން ބުނި ގޮތުގައި ޖަމިއްޔާގެ މެންބަރުންނަށްވުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް މެންބަޝިޕް ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ޖަމިއްޔާއިން ބުނެއެވެ. 

އެމްޖޭއޭގެ ހިންގާ ކޮމިޓީގެ އިންތިހާބަށް ވޯޓު ލެވޭނީ މި މުއްދަތުގައި މެންބަރު ކަމަށް ފޯމް ހުށަހަޅާ ނޫސްވެރިންނަށެވެ. ހިންގާ ކޮމިޓީގެ މެންބަރުންނަށްވުމަށް ޖަލްސާގައި ޝައުގުވެރިކަން ފާޅު ކުރެވޭނެއެވެ. އެކަމަށް ވޯޓަށް އަހާނީ އެ ޖަލްސާގައެވެ. ހިންގާ ކޮމިޓީގައި ތިބެނީ ރައީސް، ނައިބު ރައީސް، ހިންގާ ސެކެޓްރީ، ބަޖެޓް ސެކެޓްރީ އަދި އާންމު މެންބަރުންގެ ތެރެއިން ދެ މެންބަރުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.