އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، އެމްޑީޕީއިން ވަކިކުރުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ. ނަޝީދު އެގޮތަށް ހުށަހެޅުއްވީ އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕެއްގައެވެ. 

ރޮޒައިނާ ގެންދަވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެމްޑީޕީއަކީ ވަކި ބައެއްގެ އަމިއްލަ މުދަލަކަށް ހަދަން އުޅޭ ކަމަށް ރޮޒައިނާ ވިދާޅުވަމުންގެންދަވައެވެ. 

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ވަކި ބަޔަކު ޖެއްސުން ކުރަމުންދާ ކަމަށް ވެސް ރޮޒައިނާ ވަރަށް ފާޅުގައި ދަނީ ވިދާޅުވަމުންނެވެ. އަދި އޭނާއަކީ "ޔެސް ސާ" ކިޔައިގެން އުޅޭނެ މީހެއް ނޫން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. 

މިކަންތައްތަކާހުރެ ރައީސް ނަޝީދު ވަނީ ރޮޒައިނާއަކީ އެމްޑީޕީގެ މެންބަރެއްގެ ގާބިލްކަން ނެތް ފަރާތެއް ކަމަށް ވިދާޅުވެ އޭނާ ޕާޓީއިން ވަކިކުރަން ހުށަހަޅާފައެވެ. މި ހުށަހެޅުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ތާއިދު ކުރައްވާފައިވެއެވެ. 

ނަމަވެސް ސޯޝަލް މީޑިއާގައި މިކަމާ ގުޅިގެން ރައީސް ނަޝީދަށް ފާޑުކިޔުން މިހާރު އަމާޒުވެފައިވެއެވެ. 

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަކި ކުރަން ރައީސް ނަޝީދު އިސްވެ އުޅުއްވާ މައްސަލާގައި އެމްޑީޕީގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.