ރައީސުލްޖުމްހޫރިއްޔާ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވުން - ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވުމަށްފަހު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ހުރިހާ ރައްޔތުންގެ ކިބައިން އެދިވަޑައިގެންނެވީ ވެކްސިން ނުޖަހާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް -- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19ގެ ޕެންޑެމިކްގައި ސިއްހީ މާހިރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ފަރާތްތަކަށް ތައުރީފް ކުރައްވައިފިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅުވައި ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވަނީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ކުރަމުންދާ ޚިދުމަތްތައް ފާހަގަކުރައްވާ ކަމަށެވެ.

އެމަނިކުފާނު ވަނި މި ޕެންޑެމިކްގެ ތެރޭގައިވެސް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ.

މިއަދަކީ ދުނިޔޭގެ ސިއްހަތު ދުވަސް ކަމަށްވާއިރު މި ސަރުކާރުން އަންނަނީ ސިއްހީ ދާއިރާ ކުރިއެރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްގީކޮށް ސިއްހީ ހިދުމަތްތައް ލާމަރުކަޒު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.