ކޮވިޑް 19 އާ ގުޅިގެން ނިއު ޒީލެންޑްގެ އާއްމު އިންތިހާބު ފަސްކޮށްފިއެވެ. 

އެގައުމުން ކޮވިޑް 19 ގެ ކޭސްއެއް ނުފެންނަތާ 102 ދުވަސް ވީފަހުން މިދިޔަ ހަފްތާގް އަންގާރަ ދުވަހު ވަނީ މި ބަލި ޖެހިފައިވާ މީހަކު ފެނިފައެވެ. އެގޮތުން ބައްޔަށް ޕޮސިޓިވް ވި މީހާގެ އާއިލާގެ އިތުރު ހަތަރު މީހަކު ކޮވިޑް 19 އަށް ޕޮސިޓިވް ވެފައިވާއިރު އަލަށް ފެނުނު 14 ކޭސްގެ ތެރެއިން 13 ކޭސްއަކީ މި ބައްޔަށް ޕޮސިޓިވް ވި މީހާގެ އާއިލާއާ ގުޅިފައިވާ ކޭސްތަކެއް ކަމަށް އެގައުމުގެ އިދާރާތަކުން ވަނީ ބުނެފައެވެ. 

ކުރިޔަށް އޮތް ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް އިންތިހާބު ފަސްކޮށްފައިވާކަން ހާމަކުރެއްވީ އެގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އެޑާރންއެވެ. އެގޮތުން ހަތަރު ހަފްތާއަށް އިންތިހާބު ފަސްކޮށް އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު އިންތިހާބު ބާއްވާނެ ކަމަށް އެކަމަނާ ވަނީ އިޢުލާން ކުރައްވާފައެވެ. 

ކޮވިޑް 19 އާ ގުޅިގެން ބައެއް ކެމްޕޭން ހަރަކާތްތައް ހުއްޓާލަން ޖެހުމާއި ގުޅިގެން އެގައުމުގެ މައި އިދިކޮޅު ޕާޓީން ވެސް ވަނީ އިންތިހާބު ފަސްކުރުމަށް ގޮވާލާފައެވެ. 

މި އިންތިހާބު އިތުރަށް ލަސްކުރާނެ ކަމަށް ނުބެލެވޭއިރު ނިއު ޒީލެންޑްގެ ގާނޫނުތައް ބުނާގޮތުން ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *