ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުން ސްޕެއިންގެ ސެވިއްޔާ ޖާގަ ހޯދައިފިއެވެ. 

ޖަރުމަނުގެ ކޮލޯންގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ސެވިއްޔާއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 9 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑަށް ޖަހައިދިނީ ޕޯޗުގަލްގެ މިޑްފީލްޑަރ ބްރޫނޯ ފަނާންޑޭޒްއެވެ. މި މި ސީޒަނުގައި ޔުނައިޓެޑަށް ލިބުނު 22 ވަނަ ޕެނަލްޓީ ކަމަށްވާއިރު މިއަދަދާ އެއްވަރަށް ޔޫރަޕުގެ އެހެން އެއްވެސް ޓީމަކަށް ޕެނަލްޓީ ލިބިފައެއް ނުވެއެވެ. ސެވިއްޔާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 26 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ސްޕެއިންގެ ވިންގަރ ސޫސޯއެވެ. 

ދެވަނަ ހާފުގައި ޔުނައިޓެޑުން ކުޅުން އިތުރަށް ވަރުގަދަ ކުރިއިރު އެޓީމަށް ލިބުނު ފުރުސަތުތަކުގެ ހުރަހަކަށް ވެގެންދިޔައީ ސެވިއްޔާގެ ގޯލްކީޕަރެވެ. އޭނާގެ ފަރާތުން މޮޅު ކުޅުމެއް ދެވަނަ ހާފުގައި ވަނީ ފެނިފައެވެ. ސެވިއްޔާއަށް މެޗުގެ 78 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ލޫކް ޑިޔޮންގްއެވެ. 

މި ސީޒަނުގައި ޔުނައިޓެޑް ކުޅުނު މުބާރާތްތަކުން އެޓީމު ކަޓާފައިވަނީ ސެމީ ފައިނަލާ ހިސާބުންނެވެ. ހަމައެހެންމެ އެންމެފަހުން ޔުނައިޓެޑް ކުޅުނު ޔޫރަޕުގެ ތިން މުބާރާތުން ވެސް އެޓީމު ކަޓާފައިވަނީ ސްޕެއިންއަށް ނިސްބަތްވާ ޓީމެއްގެ އަތުންނެވެ. 

އެންމެފަހުން ކުޅުނު 20 މެޗުން ވެސް ސެވިއްޔާ ބަލިވެފައިނުވާއިރު މިއީ ޔުރޮޕާ ލީގުގެ ފައިނަލުން އެޓީމު ޖާގަ ހޯދި ހަވަނަ ފަހަރެވެ. ފައިނަލްގައި ސެވިއްޔާ ކުޅެން ޖެހޭނީ އިންޓަ މިލާން އަދި ޝަކްތަރު ޑޮނޭޓްސްކް ކުޅޭ ސެމީގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *