ކުރިއަށް އޮތް ރަމަޟާން މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަށާނީ 10:30 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރޯދަ މަހު ޖަލްސާތައް ކުރިއަށްދާނެ ގޮތް ހިއްސާކުރައްވަމުން ނަޝީދު ވިދާޅުވީ ޖަލްސާތައް ފަށާނީ 10:30 ގައި ކަމަށެވެ. އަދި މެންދުރު 12:00 ހަމަޔަށް ޖަލްސާ ކުރިއަށް ގެންދިއުމަށްފަހު ހުސްވަގުތައް މެދުގަނޑާލުމަށްފަހު ފަށާނީ 1:00 ގައެވެ. މެންދުރު 2:00 ވަންދެން ޖަލްސާތައް ކުރިއަށް ގެންދާނެއެވެ.
ނަޝީދު ވިދާޅުވީ ރޯދަ މަހުގައިވެސް މަޖިލީހުގެ މަސައްކަތްތަކާއި ކޮމިޓީޓަކުގެ މަސައްކަތްތައްވެސް މިހާރެކޭ އެއްގޮތަށް ކުރިޔަށްދާނެ ކަމަށެވެ.
މި ދައުރުގެ ޖަލްސާތައް އޭޕްރިލް މަސް ނިމެންދެން ކުރިއަށްދާނެއެވެ.