މަޝްހޫރު ފަންނާނު ކިމް ކާޑޭޝިއަން ވެސްޓް ބިލިއަނަރެއްގެ މަޤާމް ހޯދާފައިވާކަން ފޯބްސް މެގަޒީން އިން ވަނީ އިއްޔެގެ ވަގުތެއްގައި އިއުލާންކޮށްފައެވެ. ކާޑޭޝިއަން-ޖެނާ އާއިލާގެ ދިރިއުޅުން ދައްކުވައިދޭ 'ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް' ޓީވީ ޝޯއިން މަޝްހޫރުކަން ހޯދި ކިމް ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުގައި ހިމެނޭ މިއީ ފުރަތަމަ ފަހަރެވެ.

މިގޮތުން ކިމްގެ ރައުސްމާލްގެ ބޮޑު ހިއްސާއެއް އަދާކުރަނީ ކިމްގެ ފެޝަން އަދި މޭކަޕަށް އަމާޒުކޮށްގެން ހުޅުވާފައިވާ 'ކޭކޭޑަބްލިއު ބިއުޓީ' އަދި 'ސްކިމްސް' އެވެ. މިދެ ކުންފުނީގެ ފައިދާއިން މިދިޔަ އޮކްޓޯބަރު މަހު ކިމްގެ މިލްކިއްޔާތު 780 މިލިއަން ޑޮލަރުން 1 ބިލިއަނަށް ވަނީ އަރާފައެވެ.

މީގެ އިތުރުން ޓީވީ ޝޯ, އެންޑޯޒްމެންޓް ޑީލް, އަދި ކުދި އިންވެސްޓްމެންޓްތަކުންވެސް ކިމްއަށް ފައިސާ ލިބެއެވެ. 2017 ވަނަ އަހަރު ހުޅުވުނު ކިމްގެ ކޭކޭޑަބްލިއުއަށް ބަލާލާއިރު މި ކުންފުނި ޙާއްސަކޮށްފައިވަނީ ކޮންޓުއާ ކިޓް, އައިޝެޑޯ, ކޮންސީލާ, ލިޕްސްޓިކް އަދި މިނޫންވެސް އިތުރު ސާމާނުތަކަށެވެ. މިދިޔައަހަރު ކޭކޭޑަބްލިއުގެ 20 އިންސައްތަ ކޯޓީއަށް ވިއްކާލުމުން 200 މިލިއަން ޑޮލަރު ލިބުމާއެކު ކުންފުނީގެ އަގު 1 ބިލިއަން ޑޮލަރަށް ޖެހިފައިވެއެވެ. ކިމްގެ 'ސްކިމްސް' އާންމުގޮތެއްގައި ހާއްސަވަނީ ގަޔަށް ފިޓްކޮށްލެވޭ ޝޭޕްވެއާ ތައްޔާރުކުރުމަށް ކަމުގައިވީނަމަވެސް ކޮވިޑް-19 އާ ގުޅިގެން ގިނަ ބަޔަކު ގޭގައި ތިބެންޖެހުމުން "ސްކިމްސް" އިން ތާއްޔަރުކޮށްފައިވާ ގަޔަށް ދޫކޮށް ހުންނަ ލޯންޖްވެއާ ގިނަބަޔަކަށް ކަމުގޮސް ވެގެންދިޔައީ ވިޔަފާރި އިތުރަށް ކުރިއަރާދިޔަ ސަބަބަކަށެވެ.

ކާޑޭޝިއަން-ޖެނާ އާއިލާއިން އެންމެ ފުރަތަމަ ބިލިއަނަރަކަށް ވެފައިވަނީ މީގެ ކުރިން 2019 ވަނަ އަހަރު ކައިލީ ޖެނާއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.