ރައީސް ނަޝީދު

ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަން އިންސާފުވެރިކަމާއި ހަމަހަމަކަމާއި އެކު ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިލެކްޝަންސް ކޮމިޝަނަށް (އީސީ) މިއަދު އިލްތިމާސް ކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާއަކީ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ބާއްވާ އެންމެ ފަހު ޖަލްސާއެވެ. މިކަން ފާހަގަކުރައްވާ ނަޝީދު ވަނީ އީސީއާއި އެ ކޮމިޝަންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިލްތިމާސެއް ކުރައްވާފައެވެ. އެއީ މި އިންތިހާބަކީ އިންސާފުވެރިކަމާއި ހަމަހަމަ ކަމާއިއެކު ބޭއްވޭ އިންތިހާބެއްކަން ކަށަވަރުކުރުމެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ އިންތިހާބުގެ ކަންކަން ކުރިއަށްދާނީ އެ މަގުން ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އަދި އެކަމާއިމެދު ޝައްކުވެސް ނުކުރައްވާ ކަމަށެވެ.

އެއީ ވޯޓުލުމުގެ މަސައްކަތް ވެސް، އަދި ވޯޓު އިއުލާނު ކުރުމުގެ މަސައްކަތް ވެސް. މި އެންމެހާ ކަމަކީ ދެ ފުށް ފެންނަ ސީދާ، ގާނޫނާއި ގަވާއިދުގައިވާގޮތުގެ މަތިން ހިނގާ މަސައްކަތްތަކަކަށް ވާންޖެހޭނެ. އަދި އަޅުގަނޑު އެކަމަކާ ޝައްކެއްވެސް ނުކުރަން.

މި އިންތިހާބުގައި 273،128 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ ކަމަށް އީސީން ވަނީ ބުނެފައެވެ. އޭގެތެރެއިން 5134 ފަރާތަކީ އަލަށް 18 އަހަރު ފުރޭ މީހުންނެވެ. އެހެންނަމަވެސް، އިންތިހާބުގައި ވޯޓުލާނެ މީހުން މަދުވާނެ ކަމަށް ބެލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.