ތައިލެންޑްގެ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައި އެ ގައުމުގައި މުޒާހަރާ ކުރަން ފަށައިފިއެވެ. 

އިދިކޮޅު އެކްޓިވިސްޓުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ދެކޮޅަށް 10،000 މީހުންނަށްވުރެ ގިން މީހުން ވަނީ ވެރިކަންކުރާ ބެންކޮކްގެ މަގުތަކަށް ނުކުމެފައެވެ. މިދިޔަ ދެތިން މަހުގެ ތެރޭގައި އެގައުމުގެ ދަރިވަރުންތަކެއް ވެސް ވަނީ ކޮންމެ ދުވަހަކު މުޒާހަރާތަކެއް ކުރިޔަށް ގެންގޮސްފައެވެ. 

2014 ވަނަ އަހަރުގެ ތެރޭގައި ބަޢާވާތަކުން ވެރިކަން ވައްޓާލުމަށްފަހު އެގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޕްރަޔުތު ޗަންއޮޗާގެ އިސްތިއުފާއަށް ވެސް މުޒާހަރާގައި ވަނީ ގޮވާލާފައެވެ. އޭނާގެ އިސްތިއުފާއަށް ގޮވާލާފައިވާއިރު މިދިޔަ އަހަރުގެ ތެރޭގައި ބޭއްވި އިންތިހާބު އޭނާ ކާމިޔާބުކޮށްފައިވަނީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. މި މުޒާހަރާއަކީ 2014 ވަނަ އަހަރަށްފަހު އެގައުމުގައި ބޭއްވި އެންމެ ބޮޑު މުޒާހަރާކަމަށް ރިޕޯޓްތައް ބުނެއެވެ. 

މި މުޒާހަރާ ކޮންޓްރޯލް ކުރުމަށް 600 ފުލުހުން މަގުމައްޗަށް ނެރެފައިވާ ކަމަށް އެގައުމުގެ ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ. 

މި މުޒާހަރާއާ ދެކޮޅަށް އެގައުމުގެ ރަސްގެފާނަށް ވަފާތެރި މީހުން ވެސް ވަނީ އެއްވުންތަކެއް ބާއްވާފައެވެ. 

ތައިލެންޑްގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތަކެއް ފަށާފައިވަނީ ދަރިވަރުންތަކެއް އިސްވެތިބެ ކުރިޔަށް ގެންދިޔަ މުޒާހަރާތަކާއި ގުޅިގެން ބައެއް މީހުން ހައްޔަރުކުރުމާއި ގުޅިގެންނެވެ. ކަފާލާތުގެ ދަށުން ހައްޔަރުކުރި މީހުން ދޫކޮށްލި ނަމަވެސް އިތުރު 12 ފަރާތް ހައްޔަރު ކުރުމަށް ފުލުހުން އަމުރު ނެރެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.