ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. 

މި މަސައްކަތް ހެލްތު މިނިސްޓްރީއިން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެމްޓީސީސީއިން ބުނި ގޮތުގައި މިއަދު ވަނީ ބިން ހުސްކުރުމުގެ މަސައްކަތް ފަށާފައެވެ. 

މި މަޝްރޫއުގެ ދަށުން އެމަޖެންސީ ރޫމާއި ލޭބާ ރޫމާއި އޯޕީޑީ ސަރަހައްދު އަދި ޕްރައިވެޓް ކޮޓަރިތައް އިތުރުކޮށް ބޮޑު ކުރާނެއެވެ. މި ޕްރޮޖެކްޓަށް 33.5 މިލިއަން ރުފިޔާ ހަރަދުކުރާނެއެވެ. 

މި ސަރުކާރުން ވަނީ ތިނަދޫ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ނިންމާފައެވެ. ފަސް ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ބަދަލު ކުރުމަށް ނިންމާފައިވާއިރު ޖުމްލަ 90 މިލިއަން ރުފިޔާ މިކަމަށް ވަނީ ބަޖެޓްކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *