ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައޭލް ވަރާން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ވަރާން ކޮވިޑަށް ޕޮޒިޓިވްވީ މިރޭ ލިވަޕޫލާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ ލެގުގެ މެޗުގެ ކުރިން ހެދި ޓެސްޓަކުންނެވެ.

ވަރާން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ލިވަޕޫލާއި ދެކޮޅަށް ކުޅޭ ދެ ލެގުގައި ވެސް އޭނާއަށް ނުކުޅެވޭނެއެވެ. އަދި ބާސެލޯނާއާ ދެކޮޅަށް ސްޕެނިޝް ލީގުގައި އެޓީމު ކުޅޭ މުހިންމު މެޗުގައި ވެސް އޭނާއަށް ނުކުޅެވޭނެއެވެ. ވަރާންގެ އިތުރުން އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ވެސް އަނިޔާގެ ސަބަބުން މި މެޗުތައް ގެއްލިފައިވާއިރު މިއީ ރެއާލްއަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ.

ލިވަޕޫލާއި ދެކޮޅަށް ރެއާލް ރަށުން ބޭރުގައި ކުޅޭ ދެވަނަ ލެގު ތަވާލްކޮށްފައިވަނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރެޔަށެވެ. އެ މެޗު ވެސް އޭނާއަށް ގެއްލޭނެކަން މިހާރު ވަނީ ކަށަވަރުކުރެވިފައެވެ.

މި ސީޒަނުގައި ރެއާލްއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަނިޔާގެ މައްސަލައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.