އީރާނުން ވެނެޒުއޭލާއަށް ދަތުރުކުރަމުންދިޔަ ތެލުގެ ޝިޕްމެންޓްތަކެއް އެމެރިކާއިން ހުއްޓުވައިފިއެވެ. 

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ހާމަކޮށްފައިވާ ގޮތުގައި ވެނެޒުއޭލާއަށް އީރާނުން ތެޔޮ ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ހަތަރު ބޯޓެއް ވަނީ ހުއްޓުވާފައެވެ. މި ބޯޓުތަކުގައި 1.1 މިލިއަން ފީފާގެ ތެޔޮ ހުންނާނެ ކަމަށް ބެލެވޭއިރު މިއީ އެމެރިކާއިން ހުއްޓުވި އެންމެ ބޮޑު ތެލުގެ ޝިޕްމެންޓެވެ. މި ޝިޕްމެންޓް ހުއްޓުވާފައިވަނީ އެހެން ގައުމުގެ އެހީތެރިކަމާއެކު ކަމަށް އެމެރިކާއިން ބުނެފައިވާއިރު މިޝިޕްމެންޓްތައް ހުއްޓުވާފައިވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެންނެވެ. 

އީރާނުން ވެނެޒުއޭލާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ވަނީ މި ބޯޓުތަކަކީ އީރާންގެ ބޯޓުތަކެއް ނޫން ކަމަށާއި އީރާނަަށް ނިސްބަތްވާ އެއްވެސް މީހަކު ވެސް މި ބޯޓުތަކުން ދަތުރު ނުކުރާ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ އެމެރިކާއިން އީރާންއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއްވެސް ހަގީގަތެއް ނެތް ކަމެއް ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ. 

އީރާންގެ ކަނޑުގެ ސިފައިން މިކަމާއި ގުޅިގެން އެހެން އުޅަނދުތަކެއް ހުއްޓުވުމަށް ކުރި މަސައްކަތްތަކެއް ނާކާމިޔާބު ވެފައިވާ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ވަނީ ބުނެފައެވެ. 

އެސޯސިއޭޓެޑް ޕްރެސްއަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ތެޔޮ އުފުލަމުން ދިޔަ އުޅަނދުތައް ހުއްޓުވުމަށް އެއްވެސް ވަރަކަށް އަސްކަރީ ބާރު ބޭނުންކޮށްފައިނުވާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *