އަވަށްޓެރި އިންޑިއާއަކީ ދުނިޔެއަށް އުއްމީދެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ އިންޑިއާގެ 73 ވަނަ މިނިވަން ދުވަހާ ގުޅިގެން ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ އިންޑިއާއިން އަމާންކަން ދެމެހެއްޓުމަށާއި ގެންގުޅޭ ޑިމޮކްރަޓިކް އުސޫލުތަކުގެ ސަބަބުން ދުނިޔެއަށް އުއްމީދު ލިބިގެންދާ ކަމަށެވެ.

އިންޑިއާއަށް ރައީސް ތައުރީފް ކުރައްވާފައިވާރު، އިންޑިއާއިން ދަނީ މި ސަރުކާރު އައި ފަހުން ރާއްޖެއަށް ބޮޑެތި އެހީ އާއި ލޯނު ދެމުންނެވެ.

މިވެރިކަމުގައި އިންޑިއާއެކު އޮތް ގުޅުން ބަދަހިވަމުން މިދަނީ މިދިޔަ ސަރުކާރުން ޗައިނާއާއެކު ބޭއްވި ގާތް ގުޅުމުގެ ސަބަބުން އިންޑިއާގެ ގުޅުމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވަނިކޮށެވެ.

އިންޑިއާއިން ގަބޫލު ކުރާ ގޮތުގައި ޗައިނާއިން ރާއްޖޭގައި ނުފޫޒު ގަދަ ކުރަނީ އިންޑިއާއަށް ޖެއްސުން ކުރުމަށެވެ. އެހެންވެ، އިންޑިއާއިން ރާއްޖޭގައި އޮތް ޗައިނާގެ ނުފޫޒު ކުޑަކުރަން ބޭނުންވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.