ޓްވިޓާގައި އެލްކްސް އަހުމަދުގެ ނަމުން ހިންގާ އެކައުންޓްގެ ފަހަތުގައި ހުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ބުނެ ޓްވީޓެއް ކޮށްފި އެވެ.

އެލްކްސް އަހުމަދުގެ އައިޑީއިން މިހެން ބުނެ ޓްވީޓްކޮށްފައިވަނީ މީހަކަށް ދިން ރައްދެއްގައެވެ. އެ ރައްދުގައި އޭނާ ބުނީ "ކިތައް ފަހަރު ބުނެފިން މިއީ އަޅުގަނޑު ކެނެރީގޭ ނަޝީދުއޭ، އެލެކްސް އަކީ އަޅުގަނޑުގެ ނުރަސްމީ އެކައުންޓް" ކަމަށެވެ. 

އެލެކްސް އެހެން ބުނީ ވެރިފައި ކޮށްފައި އޮތް އަސްލު އައިޑީއިން ޓްވީޓްނުކޮށް ވަގު އައިޑީއިން ޓްވީޓް ކުރުމަކީ ފިނޑިކަމެއްގެ ގޮތުގައި މީހަކު ސިފަކުރުމުންނެވެ.

އެލްކްސް އަހުމަދު ޓްވިޓާ އެކައުންޓަކީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހު އުފެއްދި އެކައުންޓެކެވެ. އެ އެކައުންޓް އާންމު ގޮތެއްގައި ސިޔާސީ އަދި ތާރީހީ ޓްވީޓްތައް ކުރެ އެވެ. އެ އައިޑީއަކީ ރައީސް ނަޝީދުގެ އައިޑީއެއް ކަމަށް އަބަދުވެސް މީހުން ބުނެއެވެ.

ސިޔާސީ ގޮތުން ރައީސް ނަޝީދު ދެއްވަން ބޭނުންވާ ރައްދުތައް އެ އައިޑީއިން ޓްވީޓްކޮށްފައިހުރެ އެވެ. އެ އެކައުންޓަކީ ގިނަ ބަޔަކު ފްލޯ ވެސް ކުރާ އައިޑީއެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *