ޖަލުގައި ޖާގަ ނެތިގެން މީހަކު ދޫކޮށްލީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ. އެމީހާ ބަންދުން ދޫކޮށްލީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުއްޓައެވެ. 

މަސްތުވާތަކެތީގެ ޓްރެފިކިންގެ ދައުވާ ލިބޭ އެމީހާ ފުރަތަމަ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރީ ރިމާންޑް ޖަލެއްގައެވެ. ނަމަވެސް އޭގެ ބަދަލުގައި އޭނާ ބެހެއްޓީ ފުލުހުންގެ ބަންދުގައެވެ. އޭނާ ރިމާންޑް ޖަލެއްގައި ނުބެހެއްޓުނީ ޖަލުގައި ޖާގަ ނެތީމަ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

އެކަމާ ގުޅިގެން އޭނާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކުރިއެވެ. އެ އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. 

އިސްތިއުނާފު މައްސަލާގައި ހައިކޯޓުގައި ދައުލަތުން ބުނެފައިވަނީ އޭނާ ރިމާންޑް ޖަލެއްގައި ބަންދު ނުކުރެވުނީ ކޮވިޑާ ގުޅިގެން ޖަލު ފުރިފައި އޮތުމުން ޟަރޫރީ ހާލަތެއްގެ ދަށުން ކަމަށެވެ. އަދި މިފަހުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުގެ ތެރެއިން ހާއްސަ ހާލަތުގައި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި މީހުން ބަންދު ކުރެވިދާނެ ކަމަށެވެ. 

ނަމަވެސް ހައިކޯޓުން މި ހާލަތުގައި ގާނޫނު ބުނާ ހާއްސަ ހާލަތަށް އަމަލު ނުކުރެވޭނެ ކަމަށެވެ. އެއީ ހުކުމްގައިވާ ގޮތުން ހާއްސަ ހާލަތުގެ ދަށުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދު ކުރެވޭނީ ތަހުގީގު މަރުހަލާގައިވާ މީހުން ކަމަށާއި މި މައްސަލައަކީ ޕެރޯލްގެ ގާނޫނުގެ ދަށުން ރިމާންޑް ޖަކެއްގައި ބަންދު ކުރުމަށް އަމުރުކޮށްފައިވާ މައްސަލައެއް ކަމަށެވެ. 

އެހެންވެ، ދަށު ކޯޓުގެ އަމުރު ރަނގަޅު ކަމަށް ކަނޑައަޅައި އެމީހާ ދޫކޮށްލި ދޫކޮށްލުމަށް ހައިކޯޓުން ތާއިދުކުރިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.