ނިއު ޒިލެންޑުން ކޮވިޑް 19 ގެ 14 ކޭސް ރިޕޯޓްކޮށްފިއެވެ. 

އެގައުމުން ކޮވިޑް 19 ގެ ކޭސްއެއް ނުފެންނަތާ 102 ދުވަސް ވީފަހުން އަންގާރަ ދުވަހު ވަނީ މި ބަލި ޖެހިފައިވާ މީހަކު ފެނިފައެވެ. އެގޮތުން ބައްޔަށް ޕޮސިޓިވް ވި މީހާގެ އާއިލާގެ އިތުރު ހަތަރު މީހަކު ކޮވިޑް 19 އަށް ޕޮސިޓިވް ވެފައިވާއިރު އަލަށް ފެނުނު 14 ކޭސްގެ ތެރެއިން 13 ކޭސްއަކީ މި ބައްޔަށް ޕޮސިޓިވް ވި މީހާގެ އާއިލާއާ ގުޅިފައިވާ ކޭސްތަކެކެވެ. މި ކޭސްތައް ފެނުމާއި ގުޅިގެން އެގައުމުގެ ވެރިކަން ކުރާ ސިޓީ އޮކްލަންޑްގައި ވަނީ ތިން ދުވަހުގެ ލޮކްޑައުންއެއް އިއުލާންކޮށްފައެވެ. 

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަަވަމުން އެގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އެޑާރން ވިދާޅުވީ އައު ކޭސްތަކެއް ފެނުމަކީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި އެކަމާއި ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. ހަމައެހެންމެ އަނެއްކާ ވެސް ބަލި ފެތުރުން ކޮންޓްރޯލް ވުމުގެ ކުރިން އިތުރު މީހުންނަށް ބަލި ޖެހުން އެކަށީގެންވާ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. 

 ބައްޔަށް ޕޮޒިޓިވް ވި ހުރިހާ މީހުން ވެސް ކަރަންޓީން ކުރެވިފައިވާއިރު އެ މީހުންނާއި ކޮންޓެކްޓްވި މީހުންވެސް ކަރަންޓީން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ނިއު ޒިލެންޑްގެ އިދާރާތަކުން ވަނީ ބުނެފައެވެ. އެގައުމުގެ ނެޝަނަލް ހެލްތު ޗީފް އޭޝްލީ ބްލޫމްފީލްޑް ވަނީ ބައްޔަށް އެމީހުން ޕޮސިޓިވް ވި ގޮތް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. 

ނިއު ޒިލެންޑުން އައު ކޭސްތަކެއް ފެނިފައިވާއިރު މިހާރު އިއުލާންކޮށްފައިވާ ލޮކްޑައުން އިތުރުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ހުކުރު ދުވަހުގެ ވަގުތެއްގައި ލޮކްޑައުންއާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އާއްމުކުރާނެއެވެ. އެގައުމުގެ އިންތިހާބު ވެސް ބޯމަތިވެފައިވާއިރު އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ކުރިން ބޮޑުވަޒީރު ގޮތެއް ނިންމަވާނެ ކަމަށް ބެލެވެއެވެ. 

ކޮވިޑް 19 އާ ގުޅިގެން ނިއު ޒިލެންޑުން އެޅި ފިޔަވަޅުތަކަށް ދުނިޔޭގެ ގިނަ ގައުމަތަކެއްގެ ތައުރީފް ލިބިފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.