ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ސަރުކާރާއި، ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (ޢެސްޓީއޯ) އިން 25 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި އެވެ.

އެސްޓީއޯ އިން މި ލޯން ނަގާފައިވަނީ އެޗްއެސްބީސީންނެވެ.

25 މިލިއަން ޑޮލަރުގެ އެ ލޯން ލިބިފައިވާކަން ހާމަކޮށް އެސްޓީއޯ އިން ބުނީ އެ ލޯން މެނޭޖްކުރުމުގެ ކަންކަން ކުރިއަށްގެންދާނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ. އަދި އެ ލޯނަކީ ކޮވިޑްގެ ހާލަތު އަރައިގަތުމަށް ކުރާ މަސައްކަތުގައި ބޭނުންކުރެވޭނެ ލޯނެއްކަމަށްވެސް ކުންފުނިން ބުންޏެވެ.

ކުންފުނިން ބުނިގޮތުގައި މި ލޯނާއެކު ކޮވިޑުން އަރައިގަތުމަށް ކުރާ މަސައްކަތަށް އިތުރު އަވަސްކަމެއް އަންނާނެ އެވެ.

ކޮވިޑްގެ ހާލަތުގައި ދައުލަތަށް ލިބޭ އާމްދަނީ އެއްކޮށް ކަހަލަގޮތަކަށް ހުއްޓުމާއެކު، އެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ގިނަ ލޯނުތަކެއް ނަގާފައިވެއެވެ. އަދި އެކަމަށް އިދިކޮޅުގެ ބޮޑު ފާޑުކިޔުމެއްވެސް އަންނަނީ އަމާޒުވަމުންނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.