އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުގެ ތައްޔާރީތައްވަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ. 

ފައްޔާޒު މަގާމުން ވަކި ކުރުމަށް ހުށަހެޅުމުގެ ޕެޓިޝަންގައި މެންބަރުން ސޮއި ކުރަމުންދާއިރު މިހާތަނަށް 20 މެންބަރުން ސޮއިކޮށްފައިވާ ކަމަށްވެއެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ސޮއިކުރައްވާފައިވާ ކަމަށްވެއެވެ. 

ފައްޔާޒުގެ އިތުބާރު ނެތް ކަމަށް ނަގަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އެއީ ސަރުކާރަށް އަންނަ ވައުދުވި ކަންކަން ނުފުއްދޭ ކަމަށް ބުނެ ކަމަށްވެއެވެ. 

މިކަމާ ގުޅިގެން ފައްޔާޒުގެ ބަހެއް އަދި ނުލިބެއެވެ. 

ފައްޔާޒުގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *