ޅ. ނައިފަރުން ކޮވިޑް-19އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ. 

އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި އެ ރަށުން ޕޮޒިޓިވްވެފައިވަނީ 34 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އޭނާ ޓެސްޓްކުރީ ހުމުގެ އަލާމާތްތައް ހުރެގެންނެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ މާލެއަށް ދަތުރުކުރާ ނައިފަރުގެ ބޯޓެއްގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. 

އެމީހާ ޕޮޒިޓިވްވުމާއެކު ކޮންޓެކްޓް ޓްރޭސިން ހެދުމަށް ނައިފަރު މި ވަގުތު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.