އޮޑިޓް ރިޕޯޓްގެ މައްސަލާގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމް ޖޫރިމަނާކޮށްފިއެވެ. އެ ޕާޓީ ޖޫރިމަނާ ކޮށްފައިވަނީ 50،000 ރުފިޔާއިންނެވެ. 

ޕީޕީއެމްގެ ބޭފުޅަކު މައުލޫމާތު ދިން ގޮތުގައި އިލެކްޝަން ކޮމިޝަނުން ޕީޕީއެމްއަށް މިދިޔަ ހޯމަ ދުވަހު ވަނީ ސިޓީއެއް ފޮނުވާފައެވެ. ސިޓީގައި ބުނެފައިވާ ގޮތުން އެ ޕާޓީ ޖޫރިމަނާ ކޮށްފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ފަދައިން ފައިސާގެ ކަންކަން ބަލަހައްޓާފައިނުވާކަން އެ ޕާޓީއިން ހުށަހެޅި އޮޑިޓް ރިޕޯޓުން ފާހަގަވާތީއެވެ. 

ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަސް ތެރޭގައި ދައްކަން ވަނީ އަންގާފައެވެ. މިއީ މިފަދަ މައްސަލައެއްގައި ޕީޕީއެމް ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު ވެސް ޖޫރިމަނާކޮށްފައިވެއެވެ. 

އިލެކްޝަން ކޮމިޝަނުން ވަނީ ޕީޕީއެމްއިން ސިޔާސީ ޕާޓީތަކުގެ ގާނޫނާ ތަކުރާރުކޮށް ހިލާފުވަމުންދާކަން ފާހަގަކޮށްފައެވެ. އެހެންވެ އެކަން އިސްލާހުކޮށް ހަރުދަނާކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.