ރާއްޖޭގައި ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެއެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 21 ވަނަ މީހާއެވެ.

އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި މިއަދު މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 77 އަހަރުގެ ދިވެހި އަންހެނެކެވެ.

މި ބަލީގެ އެންމެ ރިސްކް ބޮޑު މީހުންނަކީ ދުވަސްވީ މީހުންނެވެ. މީގެކުރިން ވެސް ރާއްޖެއިން އެންމެ ގިނައިން މަރުވެފައިވަނީ ދުވަސްވީ މީހުންނެވެ. އޭގެއިތުރުން ދެން އެންމެ ގިނައިން މަރުވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން އަދި ވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. ބަލީ ފެތުރޭ މިންވަރު އިތުރުވާތީ އަނެއްކާވެސް ފިޔަވަޅުތައް ދަނީ ހަރުކަށި ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.