ވެލާނާގޭގައި ހުންނަ ޔޫތު މިނިސްޓްރީގެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، ޑިސްއިންފެކްޓް ކުރުމަށް އެ އޮފީސް ބަންދުކޮށްފިއެވެ. 

މީގެކުރިން ވެސް ޔޫތު މިނިސްޓްރީގެ މުވައްޒަފުންތަކެއް ޕޮޒިޓިވްވިއެވެ. އެއީ ސޯޝަލް ސެންޓަރުގައި މަސައްކަތް ކުރާ ފަސް މުވައްޒަފެކެވެ. 

ޔޫތު މިނިސްޓްރީގެ ޖުމްލަ ހަ މުވައްޒަފަކު މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު ގިނަ އަދަދެއްގެ މުވައްޒަފުން މިހާރު ވަނީ ހޯމް އައިސޮލޭޝަންގައެވެ. 

ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އަދިވެސް އިތުރުވަމުންދާތީ އެޗްޕީއޭއިން ވަނީ އޮފީސްތަކަށް މުވައްޒަފުން ނެރޭ މިންވަރު މަދުކުރުމަށް އަންގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އަންގާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *