ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް މިއަދު 66 މީހުން ޕޮޒިޓިވް ވެއްޖެ އެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނީ މިއަދު 66 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 52 މީހުންނަކީ ދިވެހިން ކަމަށެވެ. އަދި 12 ބަންގްލަދޭޝް މީހުންނާއި ދެ އިންޑިޔާ މީހުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް އެ އެޖަންސީން ބުންޏެވެ. 

އެޗްޕީއޭ އިން އިތުރަށް ބުނީ ރާއްޖޭގެ ނުވަ ރިސޯޓެއްގައި ވެސް ކޮވިޑް ފެތުރިފައިވާ ކަމަށާއި އޭގެ ތެރޭގައި ހަ ފަތުރުވެރިންނާއި 10 މުއައްޒަފުން ހިމެނޭ ކަމަށެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 5223 އަށް އަރައިފަ އެވެ. އެ ބަލީގައި މިއަދު ރާއްޖެއިން 20 ވަނަ މީހާ ވަނީ މަރުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.