ފޭސްބުކް ބޭނުންކުރާ 500 މިލިއަނަށްވުރެ ގިނަ މީހުންގެ މައުލޫމާތު ވަނީ އޭޕްރިލް 3 ވަނަ ދުވަހު އިންޓަނެޓްގައި އާންމުކޮށްފައެވެ. މިމައުލޫމާތު ތެރޭގައި މީހާގެ ފޯނު ނަމްބަރާއި, ފުރިހަމަ ނަން, އީމެއިލް އެޑްރެސް, ދިރިއުޅެމުންދާ ޤައުމު އަދި މިނޫންވެސް އެތައް މައުލޫމާތެއް ހިމެނެއެވެ. ސަލާމަތީ ތަޖުރިބާކާރުން ލަފާކުރާގޮތުގައި މިމައުލޫމާތު ބޭނުންކޮށްގެން ހެކަރުންނަށް އެހެން މީހުންގެ ނަމުގައި ކުށްކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ.

106 ޤައުމަކަށް ނިސްބަތްވާ 533 މިލިއަނަށްވުރެ ގިނަ މީހުންގެ މައުލޫމާތު ލީކުކޮށްފައިވާއިރު މީގެ ތެރެއިން އެމެރިކާގެ 32 މިލިއަން މީހުން, އިނގިރޭސިވިލާތުން 11 މިލިއަން މީހުން އަދި އިންޑިއާގެ 6 މިލިއަން މީހުންގެ އެކައުންޓްގެ މައުލޫމާތު ހިމެނެއެވެ. މިއީ ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު އިންޓަނެޓަށް އާންމުވި ފުރަތަމަ ފަހަރެއް ނޫނެވެ. 2019 ވަނަ އަހަރު ފޭސްބުކްގެ ސާވާތަކުން އެތައް މިލިއަން މީހުންގެ ފޯނު ނަމްބަރެއް ވަނީ ލީކުކުރެވިފައެވެ. ނަމަވެސް އެދުވަސްވަރު މިމައުލޫމާތު އިންޓަނެޓަށް އާންމުކޮށްފައިނުވަނީ މިފަދަ މުހިންމު މައުލޫމާތުތަކުގެ ޒަރިއްޔާއިން ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށް ލަފާކުރެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.