އަންނަ ހަފްތާއިން ފެށިގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ދެ ޕެޓްރޯލް ޝެޑްއަކުން ހަމައެކަނި ކޭޝް ކާޑުން ފައިސާ ބަލައިގަތުމަށް ނިންމައިފި އެވެ.

އެފްއެސްއެމް އިން ބުނީ ބަދަލު ގެންނަން ނިންމީ ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ)ގެ ލަފަޔާއި އެއްގޮތައް ކަސްޓަމަރުންނާއި މުއައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ.

އެގޮތުން އަންނަ ހަފްތާ ހޯމަ ދުވަހުން ފެށިގެން ކާނިވާ ސަރަހައްދު ޕެޓްރޯލް ޝެޑާއި މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ޕެޓްރޯލް ޝެޑުން ފައިސާ ބަލައިގަންނާނީ ހަމައެކަނި ކާޑުން ކަމަށެވެ. އެހެން ނަމަވެސް ސްޓެލްކޯ ކައިރި ޕެޓްރޯލް ޝެޑާއި ހުޅުމާލޭގައި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުން ކުރިއެކޭ އެއްގޮތައް ނަގުދު ފައިސާ ބަލައިގަންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.